މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ވެރިކަން ބަދަލުވުމަށް ފަހުވެސް، ދައުލަތުން ހަމަ ޖައްސާފައިވާ އިމާރާތެއްގައި ޖިހާދު ހުންނެވި މައްސަލައެވެ. އެއީ، ރެހެންދި ފްލެޓުގައި ދައުލަތުން ހަމަ ޖައްސާފައިވާ ފްލެޓެކެވެ.
އެ ފްލެޓުން ޖިހާދު ނުނުކުންނެވުމުން، ދައުލަތުން އޭނާއާ ދެކޮޅަށް ދައުވާ ކުރީ، ހައިސިއްޔަތެއް ނެތި ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާތީ، ޖިހާދުގެ އަތުން ބަދަލުގެ ގޮތުގައި 1109227 (އެއް މިލިއަން، އެއް ލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ) ހޯދާށެވެ.
މި މައްސަލަ ދައުލަތުން އަނބުރާ ގެންދަން ބޭނުންވެގެން އެކަމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށްފަ އެވެ.