ads
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަދީބު ރައީސް މުއިއްޒު އަރިހުން އެދިވަޑައިގަތީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް
އިންޑިޔާ/ރާއްޖެ މައްސަލަގައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރައީސް މުއިއްޒު އަރިހުން އެދިވަޑައިގެންފި އެވެ.

އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިޔާގެ ޕްރައިމިނިސްޓަރު ނަރެންދަރު މޯދީ ކުޑައިމީސްކޮށް ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ގާއިމުކުރެވިފައިވަނީ މެހެމާންދާރީއާއި، ތަހައްމަލުކުރުމާއި، ހަމަޖެހުމާއި، ހަމަޖެހުމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށްކަމުން މިފަދަ ގޮތަކަށް ބޭރު ގައުމެއްގެ އިސްވެރިޔަކަށް ކުޑައިމީސް ކުރުމަކީ ރާއްޖޭގެ އިގްތިސާދަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ލޮޅުމެއް އަރާފާނެކަމެއްކަމަށެވެ.

"ދުނިޔޭގެ އިގްތިސާދީ ގޮންޖެހުންތަކާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދުގެ ނާޒުކުކަމަށް ބަލާއިރު، ހުރިހާ ގައުމަކާއެކު، ހެޔޮ ގުޅުންތައް އާލާކުރުމާއެކު، އެކުވެރިކަމާއި ހިތްހޮޔު އުސޫލެއް ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް" ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.

އެފަދަކަމެއް ދިވެހި ސަރުކާރުގެ އިސް ފަރާތްތަކެއްގެ ފަރާތުން ފެނިގެންދިޔުމުން އަދީބު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާކަމަށްވެސް އެ ޕޯސްޓުގައިވެ އެވެ. އެ ޕޯސްޓުގައި އިތުރަށް ވާގޮތުން އެ ބޭފުޅުންގެ ހިޔާލަކީ އެ ބޭފުޅުން އަމިއްލައަށް ފާޅު ކުރިއެއްޗެއް ކަމަށާއި މިކަމާއި ދިވެހި ސަރުކާރުގެ ވިސްނުން އޮތީ މުޅިން ހިލާފަކަމަށް ހުރިހާ އެންމެނަށް ސަރުކާރުގެ ފަރާތުން ސާބިތުކޮށް ދިނުމަށް ގޮވާލާކަމަށެވެ. އަދި މީގެ އިތުރުން އެ ކަން ކުރި ބޭފުޅުންނައް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަމަށްވެސް އަދީބު ފާހަގަ ކުރެއްވި އެވެ

ސަރުކާރުގެ ބައެއް އިސް ބޭފުޅުން އިންޑިއާއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީއާއި ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެހެނިހެން ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ.

ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާ އަށް ބަދު ބަސް ބުނެ، މަލާމާތް ކުރައްވައި މީސް މީޑިއާގައި ފާޑު ވިދާޅުވެފައިވާ މައްސަލައިގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. 

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް