ads
އަމީތާބު
ލަކްޝަދީބް އަކީ ހައިރާންކުރަނިވި ރީތިތަނެއް: އަމީތާބު
ލަކްޝަދީބާއި އަންޑަމަން އަކީ ހައިރާންކުރަނިވި ތަނެއް ކަމުގައި އިންޑިޔާގެ މަޝްހޫރު ބަތަލު އަމީތާބު ބައްޗަން ބުނެފި އެވެ. އަމީތާބު ބައްޗަން މިހެން ބުނެފައި ވަނީ އެކްސް ގައި ކޮށްފައިވާ ޕޯސްޓްއެއްގަ އެވެ.
Advertisement

މީގެ އިތުރުން މި ޕޯސްޓްގައި އަމީތާބް ބައްޗަން ބުނެފައިވަނީ ލަކްޝަދީބް އަކީ އިންޑިޔާގެ ބިމުގެ ހައްގު ރޫހުގައި ވަރަށް ގުޅުންހުރި ތަނެއްކަމަށާއި އަދި އަމިއްލަ ވަތަނަކީ އެންމެ އެންމެ ބެސްޓް ތަންކަމުގައެވެ.

ލަކްޝަދީބާއި އަންޑަމަންއަށް އަމީތާބް ދިޔަކަމަށާއި އަދި އެތަންތަނަކީ ވަރަށް ހައިރާންކުރުވަނިވި ރީތި ތަންތަން ކަމަށާއިި އަދި އެތާނގެ ކަނޑުއަޑީގެ ހިތްގައިމު ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ތަޖުރިބާ އަކީ ގަބޫލުނުކުރެވޭ ވަރުގެ ތަޖުރިބާއެއްކަމުގައިވެސް އަމީތާބް ގެ ޕޯސްޓްގައިވެއެވެ. 

އަދި މި ޕޯސްޓްގައި އަމީތާބް ވަނީ ހިންދީ ބަހުން ވެސް ވާހަކަ ކޮޅެއް ހިމަނާފައެެވެ. ހިންދީ ބަހުން ބުނެފައިވަނީ "އަޅުގަނޑުމެންނަކީ އިންޑިޔާ މީހުން ކަމަށާއި އަޅުގަނޑުމެންނަކީ އަމިއްލަ ނަފްސަށް ބަރޯސާވެފައިވާ ބައެއްގެ އިތުރުން އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އުނިކަން ނާންނާނެ ކަމުގަ" އެވެ. 

މި ޕޯސްޓު ނިންމާލަމުުން އަމީތާބު ބުނެފައިވަނީ ގައުމައިގެން ކުރިއަށް މިހެން ބުނެފަ އެވެ.

ރާއްޖެ އާއި އިންޑިޔާގެ ގުޅުން ހީނަރުވަމުން ގޮސްފައި މިވާ ދަނޑިވަޅުގައި ބޮލީވުޑް ގެ މަޝްހޫރު ތަރިންދަނީ ލަކްޝަދީބް އަދި އަންޑަމަން ޕްރޮމޯޓްކުރުމުގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަމުންނެވެ.

އަދި ހަމައެހެންމެ އިންޑިޔާ އިން ދަނީ ރާއްޖެގައި ޗުއްޓީ ހޭދަކުރުމަށް އިންޑިއާ ގެސްޓުން ހަދާފައިވާ ގިނަ ހޮޓެލް ބުކިންތަކެއް ކެންސަލް ކުރަމުންނެވެ. އަދި މިއާއެކު މަޓާޓޯ އިން ވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަތުމަށް ސާވޭ އެއް ހަދަން ފަށާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް