ads
ސްޕޯޓްސް ކޮމިޝަނަރުގެ ނުސީދާ އިންޒާރެއް އެފްއޭއެމަށް
ސަސްޕެންޝަނަކާ ހަމައަށް ގެންދަން މަސައްކަތް ކުރާ ކަމަށްވާނަމަ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން އެ ލިބެން ޖެހޭ އެއްބާރުލުމަށް ކޮންމެވެސް ވަރެއްގެ ހުއްޓުންތަކެއް އައިސްފާނެހެން ހީވާ ކަމަށްވިދާޅުވެ، ނުސީދާ އިންޒާރެއް، އެފްއޭއެމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ދެއްވައިފިއެވެ.

މި މަހުގެ 31 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބާއްވަން އެ އިދާރާއިން ނިންމާފައިވާއިރު، އެ އިންތިހާބު ފަސްކުރަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، އެފްއޭއެމަށްވަނީ އަންގާފައެވެ. އެހެންނަމަވެސް އެ އެންގުން ބޮލާލައި ޖަހައި، އެފްއޭއެމުން އަންނަނީ އިންތިހާބު ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ. އިންތިހާބުގެ އެއްވެސް ކަމެއް ހުއްޓާނުލާނެ ކަމަށް އެފްއޭއެމުންވަނީ ބުނެފައެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތޮލާލް ވިދާޅުވީ، އެފްއޭއެމްގެ ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ފީފާގެ ސަސްޕެންޝަނުގެ ވާހަކަ އަންނަ ކަމަށާއި، މި ފަހަރުވެސް އެ ވާހަކަ އަންނާނެ ކަމަށެވެ. އަދި ސަސްޕެންޝަނަކާ ހަމައަށް ގެންދަން މަސައްކަތް ކުރާ ކަމަށްވާނަމަ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން އެ ލިބެން ޖެހޭ އެއްބާރުލުމަށް ހުއްޓުންތަކެއް އައިސްފާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

"ސަސްޕެންޝަނަަކާ ހަމައަށް ގެންދަން އެސޯސިއޭޝަނުން މަސައްކަތް ކުރާ ކަމަށްވާނަމަ އެ އެސޯސިއޭޝަނަކަށް އެ ދޭން ޖެހޭ އެއްބާރުލުމަކަށް ހުއްޓުމެއް އަންނާނެހެން ހީވަނީ. ހަމަ ޔަގީނުން ވެސް ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން އެ ލިބެން ޖެހޭ އެއްބާރުލުމަށް ކޮންމެވެސް ވަރެއްގެ ހުއްޓުންތަކެއް އައިސްފާނެހެން ހީވަނީ،" ތޮލާލް ވިދާޅުވި އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ، އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން، ކޮމިޝަނަރ އޮފް ސްޕޯޓްސް އަންގާފައިވާކަން ފީފާ އަދި އޭއެފްސީއަށް އަންގާފައިވާ ކަމަށް އެފްއޭއެމުންވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް