ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި ޕާކް ކުރާނެ އެކަށީގެންވާ ޖާގަ ނެތުމުން ޕާކީން ޖާގައެއް ހެދެންދެން ސްޓިކާ ޖެހުން ތަންފީޒުކުރުން ވަނީ މަޑުޖައްސައިލާފައިވަ އެވެ.
ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ނިންމާފައިވާއިރު މި ހަތަރު ޕާކިން ބިލްޑިންގެ މަސައްކަތް މި މަހުގެ ތެރޭގައި އެއްފަހަރާ ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މި މަސައްކަތަކީވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި އަމީނީމަގުގައި ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރީގައި އާއި ހ. ސަމޯސާވިލާ ގެއިންނާއި އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުށްގަނޑު ސަރަހައްދާއި މާފަންނު ކޮރަލް ބޮލެވާޑް ސަރަހައްދުން ޕާކިންއަށް ބިން ދޫކޮށްފައިވާއިރު ހައިކޯޓު ކައިރިން މ. ސްޓާލިން އަދި ލާމި ގޭގައިވެސް ޕާކިން ޒޯނެއް ހަދާފައިވެ އެވެ.
މި ޕާކިން ބިލްޑިންގެ ސަބަބުން މާލޭގެ ޓްރެފިކްގެ މައްސަލައަށް ވެސް ހައްލެއް ލިބޭނޭކަމަށް ލަފާކުރެވެ އެވެ.
މަގުތަކަށް ނުތަކާ ވަރަށް އެއްގަމު އުޅަނދުތައް ގިނަވެފައިވާއިރު، ސަރުކާރުން ބުނަނީ ޕާކިން ބިލްޑިންތައް އަޅައިގެން މި ފަސް އަހަރުގެ ތެރޭގައި ޕާކު ކުރާނެ ޖާގައިގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ.