ads
މާލެ ތަރައްގީ ކުރަމުން ދަނީ ބޮޑެތި ސިޓީތައް ނަމޫނާއަކަށް ބަލައިގެން: ނައިބު ރައީސް
މާލޭ ސިޓީ ތަރައްގީ ކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ބޮޑެތި ސިޓީތައް ނަމޫނާއަކަށް ބަލައިގެން ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވެފައިވަނީ ރޭ މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ އަށް ހާއްސަކޮށް ޕީއެންސީ އިން ކުރިއަށް ގެންގޮސްފައިވާ ކެމްޕެއިން ޖަލްސާއެއްގައި އެވެ.

ނައިބު ރައީސް ވިދޅުވީ މާލޭ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގިނަ ކަންކަން ގާނޫނީ އިމުގެ ތެރެއިން ތަންފީޒުކޮށްދެއްވަމުން ގެންދަވާ ކަމަށާއި އަދި މަގަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރިއަށްގެންދެވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދެއްވުމުގެ މަސައްކަތް ކަމަށެވެ.

"ވައުދުވެ ވަޑައިގެންނެވި ގޮތަށް މާލޭގެ ރައްޔިތުންނަށް ގިނަގުނަ ކަންތައްތަކެއް، އެ ބޭފުޅާއަށް ކޮށްދެވެން އޮތް ނިސްބަތަކުން، ގާނޫނީ އިމުގެ ތެރެއިން ސަރުކާރަށް ނުފޫޒު ނުފޮރުވޭ ގޮތަށް ކަންކަން ވަނީ ރައްޔިތުންނާ ހަމައަށް ތަންފީޒުކޮށްދެއްވައިފަ،" ނައިބު ރައީސް ވިދާޅުވި އެވެ.

އަދި މާލޭ ސިޓީގެ ތަރައްގީއަށް ކުރައްވަން ނިންމަވާފައިވާ ބައެއް ކަންތައްތައް މަޖިލީހުގެ އޮތް ބާރުގެ ތެރެއިން ނުކުރެވި ހުރިކަން އަލިއަޅުއްވާލަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ މިއިން ކޮންމެ ކަމެއްވެސް ކުރެވެން އަންނަނީ ފައިސާގެ އިތުރުން ގާނޫނީ އިމުގެ ތެރެއިން ބާރުލިބިގެން ކަމަށެވެ.

އާޒިމާއަކީ ރައީސާއެކު އެ ތަރައްގީ ގެނެވޭނެ ފެންވަރުގެ ކެންޑިޑޭޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ އެންމެ މަތީ ގިންތީގައި، ގޮތްނިންމާ ލެވެލްގައި އަންހެނުންނަށް ފުރުސަތުދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިފުރުސަތު އަންހެނުންނަށް ލިބުމުން މުޖްތަމަޢު ބޭނުންވާ ކަންކަމުގައި އަންހެނުންގެ އަޑު ހުއްޓުމަކަށް ނައިސް ގުގުމަމުންދާނެކަމަށް ވެސް ނައިބް ރައީސް ވިދާޅުވެފައިވެ އެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް