ads
އާބަން އައިސެލްގެ ނަމުގައި އިންޓަގްރޭޑެޓް ޓޫރިޒަމް ބޮޑު ބިޔަ ޕްރޮޖެކްޓެއް ހިންގަނީ
އާބަން އައިސެލްގެ ނަމުގައި ބޮޑު ބިޔަ ޕޮރެޖެކްޓެއްއެއް ހިނގަމުންދާ ކަމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
Advertisement

މި ޕްރޮޖެކްޓު ތަރައްގީ ކުރެވިގެންދަނީ ވަރަށް ބޮޑު ޓުއަރިޒަމް ޒޯނެއްގެ ގޮތުގައި ކަމަށާއި މިކަމުގެ ސަބަބުން ޓުއަރިޒަމް އިންޓަސްޓުރީ އިތުރަށް ކުރިއަރާ ރަށު ދުރަށް ނުގޮސް ރަށުގެ ކައިރީގައި ވަޒީފާ އަދާކުރެވޭނެ ގޮތަކަށް ހެދިފައިވާ ވަޒީފާތަކެއް އުފެދިގެންދާނެ ގޮތަކަށް ކަމަށް އެޗްޑީސީ އިން މައުލޫމާތުދެ އެވެ. 

މި ޕްރޮޖެކްޓު ބިނާކުރެވިގެންދަނީ ގުޅިފައިވާ 7 އިމާރާތުގެ ގޮތުގައި ކަމަށާއި މިތަނުން 6 އިމާރާތަކީ ކޮމާޝިއަލް އިމާރާތައް ކަމަށާއި 1 އިމާރާތަކީ ސަޕޯޓް އިމާރާތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. 

ކޮމާޝަލް ސްޕައިން އިން އާބަން އައިލްގައި ބޭންކިން ފަދަ ސަޕޯޓިން ހަރަކާތްތަކާއެކު ރީޓެއިލް ހަރަކާތްތަކާއި ވެލްނެސް ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ޖާގަ ލިބިގެންދާނެކަމަށް އެ ކުންފުނިންބުނެ އެވެ. 
ޖުމްލަކޮށް ބަލާއިރު އާންމު ސަރަހައްދަކާއެކު ގާތްގަނޑަކަށް 290ހާސް އަކަފޫޓުގެ ވިޔަފާރި ޖާގައެއް އުފެދިގެންދާނެ ކަމަށާއި ކޮމާޝަލް ސްޕައިން އެކުލެވިގެންވާނީ ލޯ ރައިސް އިމާރާތްތަކުން (3-4 ބުރި) ތަފާތު އިމާރާތެއް އުފެއްދުމަށް ކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ. 



ސްޕައިން ވެގެންދާނީ ދިވެހި ރާއްޖޭގެ އާކިޓެކްޗާ ސްޕޭސްގެ އައިކޮނިކް އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތަކަށްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ވިޔަފާރިތައް ތަރައްގީ ކުރުމާއި މުޅި ޒޯން އެކްޓިވޭޓްކުރުމާ ގުޅޭ މަސައްކަތްތައް ވެސް މި މަޝްރޫއުގައި ހިމެނެކަމަށް އެޗްޑީސީން ބުނެ އެވެ.
"މި އިމާރާތްތައް ފަރުމާ ކުރެވިފައިވަނީ ފަސޭހަކަމާއި އެކު މިތަން ބޭނުން ކުރައްވާ ފަރާތްތަކަށް އެއިމާރާތުން އަނެއް އިމާރާތަށް ދެވޭނެ ފަދަ ގޮތަކަށް. މި އިމާރާތް ނިމުމުން މިތަން ވެގެން ދާނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮމާޝަލް ހަބް އަށް" އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން އިތުރަށް ބުނީ ގޮތުގައި މި އިމާރާތުގެ ސަބަބުން ހުޅުމާލޭ ފޭސް 1 އަދި ހުޅުމާލޭ ފޭސް 2 ގެ ޓުއަރިޒަމް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށާއި މިތަން ބިނާ ކުރެވިގެން ދާނީ ހުޅުމާލޭއާއި ފަސޭހައިން އާދެވޭ ގޮތަށް ކަމަށް އެޗްޑީސީން އިތުރަށް ފާހަގަ ކޮށްފައިވެ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް