ads
ރައްޔިތުން އިންތިހާބު ކުރި ވެރިއެއް ގަދަ ބާރުން ބޭރު ކޮށްގެން ނުވާނެ: މަހުލޫފް
ރައްޔިތުން އިންތިހާބުކޮށްފައިވާ ވެރިޔެއް ގަދަ ބާރު ބޭނުން ކޮށްގެން ބޭރު ކޮށްގެން ނުވާނެ ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
Advertisement

މަހުލޫފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަގާވާތް ކޮށްގެން ނުވަތަ ގަދަ ބާރުން ރައްޔިތުން ހޮވާފައިވާ ރައީސްއެއް ބޭރު ކުރުމަކީ އޭނާ އެކަމަށް ހިތްވަރު ދޭނެ ކަމެއް ނޫންކަމަށެވެ. މަހުލޫފް އިތުރަށް ފާހަގަ ކުރެއްވީ އެ ގޮތަށް އެކަން ކުރުމަކީ ދިވެހި ރާއްޖެއަށް ރަނގަޅު ތަޖުރިބާ އަކަށް ނުވާނެކަމަށާއި އިންތިހާބަކީ އެއްގޮތަކަށް ވެސް ކުޅޭ ކުޅިވަރެކޭ އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ ކަމުގަ އެވެ. 

ކުރީގެ ގަލޮޅު ދެކެނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމަށް ގެނައީ ދަ ޑިމޮކްރެޓްސް ގެ ފުރިހަމަ ތާއީދާ އެކު ކަމަށެވެ. އެހެން ކަމަށް ވާއިރު ޑރ. މުއިއްޒު ވެރިކަމުން ބޭލުމަށް އަލީ އާޒިމް ގޮވާލަން ޖެހުނީ ކޮން ސަބަބަކާ ހުރެ ތޯ މަހުލޫފް ސުވާލު ކުރެއްވިއެވެ. މަހުލޫފް އިތުރަށް ވިދާޅުވީ އަދި ޑރ.މުއިއްޒުގެ ވެރިކަމަށް 2 މަސް ނުވާކަމަށެވެ 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ބާލަން އެމްޑީޕީން ތައްޔާރަށް އޮތްތޯ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ސުވާލު އުފައްދެއްވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެގައިއެވެ. އެޓުވީޓެއްގައި އޭނާ ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުން ދަމަހައްޓާ، ހާރިޖީ ސިޔާސަތު ހިމާޔަތްކޮށް އަދި އަވައްޓެރި އެއްވެސް ގައުމެއް ބާކީ ކުރުން ހުއްޓުވުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށް ކަމަށެވެ. 

މީގެ ކުރިން ވެސް ރައީސް ޑރ. މުއިއްޒު ވެރިކަން މަޖިލިސް ތަޅުމުން ނިންމުމުގެ އަޑުތައް ގަދަވި އެވެ. އެ ވާހަކަތައް ފެށުނީ ރައީސް އާއި އެމަނިކުފާނުގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، އެމްޑީޕީއިން އެކަން ފާސްކުރުމުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް