ads
އީޔޫ އިލެކްޝަންސް އޮބްޒަރވޭޝަން މިޝަންގެ ޗީފް އޮބްޒަވަރ ނަޗޯ ސަންޗޭޒް
ކެންޑިޑޭޓުންގެ މާލީ ހަރަދުގެ މައުލޫމާތު ދެފުށް ފެންނަން ނެތުމުން އީޔޫ ކަންބޮޑު ވެއްޖެ
ކެންޑިޑޭޓުންގެ މާލީ ހަރަދުގެ މައުލޫމާތު ދެފުށް ފެންނަން ނެތް ކަމަށް ވިދާޅުވެ އީޔޫ އިލެކްޝަންސް އޮބްޒަރވޭޝަން މިޝަންގެ ޗީފް އޮބްޒަވަރ ނަޗޯ ސަންޗޭޒް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
Advertisement

މިއަދު އީޔޫ އިލެކްސަން އޮބްޒާވޭޝަން މިޝަން އިން އެ ބޭފުޅުންގެ ފައިނަލް ރިޕޯޓް ނުރެމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސާންޗޭޒް އަމޯރް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. 

އެ ބޭފުޅާ އިތުރަށް ވިދާޅުވީ ހަގީގީ އިންތިހާބެއް ބޭއްވޭނެ ގޮތަށް ގާނޫނާއި ގަވައިދުތަކުގެ އޮނިގަނޑު ބިނާ ކުރެވިފައިވާކަމަށާއި ވޯޓުލާ މީހުންނާއި ކެނޑިޑޭޓުން ރަޖިސްޓްރީވުމުގެ އިންތިޒާމުތައްވެސް ހުރީ ވަރަށް ފުރިހަމައަށް ކުރެވިފަކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ނަމަވެސް ސިޔާސީ ވާދަވެރިކަމުގައި އަންހެނުން ފެންނަ މިންވަރު ވަރަށް ދަށް. އަދި އިންތިހާބު ހިންގުމުގައިވެސް އަންހެނުން މާބޮޑަށް ތަމްސީލުކޮށްފައި ނުވޭކަން ފާހަގަ ކުރެވޭ" މިސްޓާ ނާޗޯ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ކެނޑިޑޭޓުންގެ ފަރާތުން ނުފެނިގެންވާ ބަޔެއް ކަންކަންވެސް ފެނިގެންގޮސްފައިވަކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ވޯޓުގަތުމާއި ޕަބްލިކް އޮފީސްތަކެއް އިންސްޓުރުމަންޓަލައިޒް ކުރުމުގެ އުސޫލުތަކާއި ކެމްފޭނު ކުރުމުގެ ހަމަހަމަކަމާއި އިންސާފުވެރިކަމަށް އުނިކަމެއް އަންނަ އެތައް ކަމެއް ކުރެވިފައިވާކަމަށް މިސްޓާ ނާޗޯ ވިދާޅުވި އެވެ. 

"އިންތިހާބީ ދުވަސްވަރު ރާއްޖޭގެ މާޙައުލު އޮތީ ވަރަށް މަޑުމާއިތިރިކޮށް. އަދި ވޯޓު ގުނުމާއި، ވޯޓުލުމުގެ ކަންކަންވެސް ކުރިއަށް ދިޔައީ ވަރަށް ފުރިހަމަކޮށް. މިފަދަ އަމާން އިންތިޚާބެއް ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ބޮޑު. އިލެކްޝަނަށް ތައުރީފު ހައްގު." ނަޗޯ ސަންޗޭޒް ވިދާޅުވި އެވެ.


ކެމްޕެއިނުތަކުގައި މާލީ އެހީ ނޫން ގޮތުގައި ދެވޭ އެހެނިހެން އެހީތަކުގެ ހިސާބު އަދިވެސް ނުކުރެވޭ ކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންކަން ރަނގަޅު ކުރުމަށް އީޔޫން ވަނީ ގާނޫނީ އޮނިގަނޑުގައި މި ކަންކަމަށް މަގުފަހިވާ ގޮތަށް ހުރި ބާގަނޑުތައް ބައްދައި، ކެމްޕެއިނުގައި ފައިސާ ހަރަދުކުރުމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ލަފާދީފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ ހައްގުތަށް ހަރުދަނާކުރުމަށާއި ވޯޓު ގަތުން ހުއްޓުމަށް ސިވިކް އަދި ވޯޓާސް އެޑިއުކޭޝަން ހަރުދަނާކުރުން، އިންތިހާބުގެ ކެމްޕޭނުތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލުން، ކެމްޕޭން ފައިނޭސް ގަވާއިދު އިސްލާހް ކުރަން ޖެހޭކަމަށެވެ.

އަދި އިންތިހާބު ކަވަރޭޖް ސައްހަ ކަން ކަށަވަރު ކުރުމަށް ނޫސްވެރިންނައް ޕްރޮފެސެނަލް ތަމްރީނު ދިނުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ފެކްޓް ޗެކް ކުރުމުގައި އެއްބާރުލުން ދިނުން، އާންމު އަދި ސިޔާސީ ހަޔާތުގައި ވެސް އަންހެނުން ލީޑާސިޕްގެ މަގާމުތަކަށް އަހުލުވެރިކުރުވުމަށް ފިޔަވަޅުތަކެއް ތައާރަފު ކުރުމަށް ވަނީ ލަފާ ދެއްވާފައި އެވެ. 

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް، އީޔޫގެ ވަފުދު މިދިޔަ އަހަރުގެ އޮގަސްޓް 13 އިން ފެށިގެން ރާއްޖޭގައި ވަނީ ހަރަކާތްތެރިވެފަ އެވެ. އިންތިހާބު އޮބްޒަރވްކުރުމަށް އީޔޫގެ ވަފުދެއް، ރާއްޖެ އައިސްފައިވަނީ ދިވެހި ދައުލަތުގެ ދައުވަތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް