ads
ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ)
ސުޕްރީމް ކޯޓުގެ އަހަރުގެ ފުރަތަމަ މައްސަލަ؛ އައްމަޓީގެ ޕާސްޕޯޓް މައްސަލަ
ސުޕްރީމް ކޯޓުން މި އަހަރު ހިންގާ އެންމެ ފުރަތަމަ މައްސަލައިގެ ގޮތުގައި ސީލައިފް އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ މާދަމާ ހެނދުނު ފަށަން ތާވަލުކޮށްފި އެވެ.

ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް އެ ކޯޓުންވަނީ ނެރެފަ އެވެ.

ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ދިން ހުއްދައިގެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމީ، ހައިކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އެ މައްސަލަ އައްމަޓީއާ އެއްކޮޅަށް ނިންމުމުންވެ.

ސީލައިފް އަންމަޓީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ.

އެ ހުށަހެޅުން ބެލުމަށް ފަހު، ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. އެއީ ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އއެ މައްސަލައިގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ދިން ހުއްދަ ރަނގަޅު ކަމަށް ކަނޑައަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް