ވިގަން އެތުލެޓިކް އަތުން ޔުނައިޓެޑު ރޭ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. އެފްއޭ ކަޕްގެ ތަށި 12 ފަހަރު އުފުލާލައިފައިވާ ޔުނައިޓެޑުން ރޭގެ މެޗުގައި ލީޑުނެގީ 22 ވަނަ މިނިޓްގައި ޑިއޯގޯ ޑަލޯ ޖެހި ލަނޑުންނެވެ. މުބާރާތުގެ ހަތަރު ވަނަ ބުރުން ޔުނައިޓެޑުން ޖާގަ ޔަގީންކުރީ މެޗުގެ ދެ ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. ފެނާންޑޭސް މި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.
ހަތަރު ވަނަ ބުރުގައި ޔުނައިޓެޑުން ކުޅެން ޖެހޭނީ ދަށް ޑިވިޝަނުގެ ޓީމަކާ ދެކޮޅަށެވެ. އެއީ، އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ 18 ވަނައިގައި އޮތް ނިއުޕޯޓް ކައުންޓީ ނޫނީ އިނގިރޭސި އެންމެ ދަށް ޑިވިޝަނުގެ ޓީމު، އީސްޓްލައިއާ އެވެ.