ads
ކަރެކްޝަންގެ ވަޒީފާއާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާ ބެހޭ ގަވައިދަށް ފަސް ވަނަ އިސްލާހު ގެނެސްފި އެވެ.

ދިވެހިސަރުކާރު ގެޒެޓް ގައި މިއަދު އާއްމުކުރި ލިޔުމުން ސާފުވާ ގޮތުން އިސްލާހު ކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާ ބެހޭ ގަވައިދުގެ 67 ވަނަ މާއްދާގެ ށ އެވެ.

އެ އިސްލާހުގައި ވާގޮތުން ކޮންމެ ޖަލު އޮފިސަރަކު ހަފްތާއަކު މަދުވެގެން 48 ގަޑީރު މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި އެހެނިހެން މުވައްޒަފުންނާއި އިދާރީ މަސައްކަތް ކުރާ އޮފިސަރުން ހަފްތާއަކު މަދުވެގެން 35 ގަޑީރު މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. 

އެ ގަވައިދަށް ގެނެވުނު އިސްލާހާއެކު ވެސް، މަސައްކަތުގެ ވަގުތާއި މަސައްކަތް ކުރަން ޖެހޭ ދުވަސްތައް ކަނޑައެޅުމާއި ބަދަލު ކުރުމުގެ އިހްތިޔާރު ކޮމިޝަނާ އޮފް ޕްރިޒަންސް އަށް އޮންނާނެ އެވެ.

އިސްލާހު ގެނެވުނު އެ ގަވައިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގަވައިދަށް އަމަލު ކުރަން ފަށާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް