މޯލްޑިވިއަނުން މިފަހަރު އިއުލާނުކޮށްފައި ވަނީ އޭ-319 ނުވަތަ އޭ-320 މަރުކާގެ އެއް ބޯޓު ހޯދުމަށެވެ. އެ އެއާލައިނުން ބޯޓު ކުއްޔަށް ނަގަން ނިންމާފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މޯލްޑިވިއަނުން ކުރި އިއުލާނުގައި ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ ފްލައިޓް ދަތުރުތަކުގެ ތެރޭގައި ފެށޭ މިންވަރަށް އެއާކްރާފްޓް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
އެއާލައިނާސް ނެޓްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ތެރޭގައި އޭ-320 މަރުކާގެ ބޯޓެއް ކުއްޔަށް ހިފާ ކަމަށްވާ ނަމަ މަހެއްގެ މައްޗަށް 340،000 އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް ހޭދަކުރަން ޖެހެ އެވެ. އަދި އޭ-319 މަރުކާގެ ބޯޓެއް ކުއްޔަށް ހިފާނަމަ މަހެއްގެ މައްޗަށް 270،000 އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފަސް އަހަރު ދުވަހުގެ މުއްދަތަށް އާ 330-200 ގެ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމަށް މޯލްޑިވިއަނުން އިއުލާނުކުރި އެވެ.