ދަނބިދޫ ސްކޫލްގެ ޓީޗަރުން މަދުވުމުގެ ހިތްހަމަނުޖެހުން ތަކާއެކު ހަޅުތާލުކޮށް ބެލެނިވެރިން ނުކުމެ އެ ސްކޫލް ބަންދު ކުރީ މިއަދު އެވެ.
އެ ސްކޫލުގެ ބެލެނިވެރިން ނުކުމެ ސްކޫލް ބަންދުކުރީ ބިޒްނަސް އާއި އިކޮނޮމިކްސް ޓީޗަރުން ނެތުމުގެ އިތުރުން ސްކޫލުގެ އިމާރާތް ބާވެ، ކްލާސްރޫމުތައް މަރާމާތު ކުރެވިފައި ނުވާތީއެވެ.
މިއަދު ހެނދުނު ފެށި އެ އިހްތިޖާޖުގައި ކަންބޮޑުވެމުގެ ޝުއޫރުތައް ލިޔެފައިވާ ބޯޑު ތަކާއެކު އެ ސްކޫލްގެ ބެލެނިވެރިން ވަނީ ސްކޫލްގެ ދޮރުމަތީގައި ނުރުހުން ފާޅުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ދަނބިދޫ ސްކޫލަށް ބޭނުންވާ ޓީޗަރުން ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.