ads
ރަށްވެހިކަން ދޫކޮށްލިއަސް ތިނަދޫ ކައުންސިލަށް ފީއެއް ނުނެގޭނެ: އެލްޖީއޭ
ތިނަދޫ ސިޓީއިން ރަށްވެހިކަން ބަދަލު ކުރާނަމަ އެ ސިޓީގެ ކައުންސިލުން އިދާރީ ފީއެއް ނެގުމަށް ނިންމި ނިންމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލް ކޮށްފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސިޓީން އެހެނިހެން ރަށް ރަށަށް ރަށްވެހިކަން ބަދަލުކުރުމުން ސިޓީގެ އާބާދީއަށް ނުރަނގަޅު އަސަރު ކުރާތީ، ރަށްވެހިކަން ބަދަލުކުރާ ފަރާތްތަކުން 5000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އެލްޖީއޭއިން މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި ވަނީ، ތިނަދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ގޮތަށް ކަނޑައަޅައި އެ ނިންމުން ބާތިލް ކޮށްފަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، ސިޓީއެއްގެ އާބާދީގައި ހަމަވާންޖެހޭ އަދަދަށް އެރަށުގެ އާާބާދީ ހަމަނުވަނިސް ކަމަށް މީގެކުރިން ތުހުމަތުތަކެއް ކުރެވިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް