ads
ރާއްޖޭގެ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޗީފް އިންސްޕެކްޓާ އަހުމަދު ރަޝީދު
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޗީފް އިންސްޕެކްޓަރު ރަޝީދު ނިޔާވެއްޖެ
އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޗީފް އިންސްޕެކްޓާ އަހުމަދު ރަޝީދު ނިޔާވެއްޖެ އެވެ.

އުމުރުުން 61 އަހަރުގައި ރަޝީދު ނިޔާވިއިރު ވެސް މަސައްކަތްކުރައްވަމުން ގެންދިޔައީ ރެގިއުލޭޓާ އޮފް އޭވިއޭޝަން ސެކިރުޓީއިން މޯލްޑިވްސް (ދާސާ)ގަ އެވެ. 

އޭވިއޭޝަން އިންޑަސްޓްރީގައި ރަޝީދު 42 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ކަމަށާއި އަދި ރަޝީދަކީ އަބަދު ވެސް އިންޑަސްޓްރީގެ ޓީމު ވަރުގަދަކުރަން އެހީތެރިވެދީ، މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެއް ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީ އިން ބުނީ ރަޝީދަކީ އޯގާތެރިކަމުން ފުރިގެންވާ ހުރިހާ އެންމެންނަށް ވެސް ގާތް ގުޅުމެއް ބޭއްވި މީހެއް ކަމަށެވެ.

އަދި އޭނާއަކީ މުރާލި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމޫނާ ދެއްކި ބޭފުޅެއް ކަމަށް މިނިސްޓްރީން ބުންނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް