ads
ފަރުމަސް އާލާ ކުރުމަށް ތަމްރީނު ޕްރޮގުރާމްތަކެއް ފަށަނީ
ފަރުމަސް އާލާ ކުރުމަށް ބޭނުންވާ "މެރިން ހެޗަރީ ސިކްލްސް ޑިވެލޮޕްމަންޓް" ޕްރޮގުރާމެއް ހިންގަން މިނިސްޓްރީ އޮފް ފިސަރީސް އެންޑް އޯސަން ރިސޯސަސް އިން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު އެކްސްގައި ކޮށްފައި އިން ޕޯސްޓެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ހިންގަން ނިންމާފައިވާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ "މެރިން ހެޗަރީ ސިކްލްސް ޑިވެލޮޕްމަންޓް" ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށާއި މި ޕްރޮގްރާމު ކުރިޔަށް ދާނީ 8 ފެބްރުއަރީ އިން ފެށިގެން 21 ފެބްރުއަރީ އާއި ހަމައަށް ކަމަށެވެ.

މިކޯހުގެ ބޭނުމަކަށް މާލެއާއި މަނިޔާފުއްޓަށް ދެމެދު ކުރާ ހުރިހާ ދަތުރެއްގެ ކޯހުގެ ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު އެ މިނިސްޓްރީން ހަމަޖައްސައިދޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައިއެވެ. 

މި ކޯހުގެ މައިގަނޑު މަގުސަދަކީ ފަރުމަސް އާލާކުރުމަށް ބޭނުންވާ "ހެޗަރީ"ތައް ގާއިމުކުރާނެ ގޮތާއި "އެކުއަކަލްޗަރ"ގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުންމަށްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައި އެވެ.

 

މިއީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރައްވަ އެވެ. 

މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިޔަކީ "ރެސްކިޔު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށްޓަކައ،ި ކުރިއަށް ގެންދަން ރާވާފައިވާ ރެސްކިޔު ޑައިވާ ޕްރޮގްރާމްގެ ދަށުން ރެސްކިޔު ޑައިވަރުން ތަމްރީނު ކުރާ ޕްރޮގުރާމް ހިންގުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފައި އެވެ.  

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް