ads
ކުޑަކުއްޖަކާ ބެހުނު ކަމަށް ދައުވާ އުފުލާފައިވާ ވަކީލު ޝާން
ކުޑަކުއްޖަކާ ބެހިގެން ކޯޓުގައި މައްސަލަ އޮއްވާ ނައިބުކަން..!
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކޯޓުގައި ހިނގަމުންދަނިކޮށް، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް، ޑެޕިއުޓީ މިނިސްޓަރުކަން ދީފި އެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކޯޓުގައި އޮއްވާ، ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވަނީ ގާނޫނީ ވަކީލް އަހުމަދު ޝާންއަށެވެ. 

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި އަހުމަދު ޝާންއަށް ދީފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެވެ.

ގެސްޓް ހައުސް ކޮޓަރިއެއްގައި 16 އަހަރުގެ ކުޑަކުއްޖަކާ އެކު ހުއްޓާ ފުލުހުން ޝާން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. 

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ނުބެލޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އެންމެ ބޭރުކޮށްލުނުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މައްސަލަ ބެލުމަށެވެ. އެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުގައި މިހާރު އެ މައްސަލައިގެ ޝަރީއަތް ކުރިއަށް އެބަދެވެ.

މި މައްސަލާގެ އަޑުއެހުމެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ އަޑުއެހުމަކީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް، އެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވާފައިނުވެ އެވެ. އެއީ ޝާންގެ ވަކީލުން އިތުރު ފުރުސަތަކަށް އެދިފައިވާތީ އެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޝާން ވަކީލުކަމުން ސަސްޕެންޑް ވެސް ކުރި އެވެ. ނަމަވެސް، އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ސަސްޕެންޝަން އުވާލީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް