މިގޮތަށް އުސޫލު ބަދަލު ކުރަން ނިންމާފައިވާކަން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ވާ ގޮތުން މެންބަރ ޝިޕް ޕޮލިސީ އިސްލާހުކޮށް މިގެނައި ބަދަލާއެކު އިސްކަން ދޭނީ ދިވެހި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެެޖެންޓުންނަށް އެކަނިކަމަށް ވަނީ ބުނެފަ އެވެ.
އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކުންފުނިތަކަށް އަމާޒުުކޮށް މި ބަދަލު ގެނައީ ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އިޝްތިހާރު ކުރުމުގައި ދިވެހިން ބައިވެރިވުން އިތުރު ކުރުމަށެވެ.
މީގެ ކުރިން މިފަދަ ފެއާ ތަކުގަައި ރާއްޖެ ތަމްސީލު ކުރުމަށް ބޭރުގެ ޓުއާ އޮޕަރޭޓާސް ވެސް ބައިވެރިވެ އެވެ.