ads
ޖުވެނައިލް ކޯޓުގެ ސައިޓަށް އިންޑިޔާގެ ހެކަރުންގެ ހަމަލާ
ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޑިއާގެ ދިދަ ޖަހައި އިންޒާރު ދީފި އެވެ.

ޖުވެނައިލް ކޯޓަކީ ކުޑަކުދިންނާ ގުޅޭ ޖިނާއީ މައްސަލަތައް ބަލާ ކޯޓެވެ. ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް، ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. 

އެހެންވެ، އެ ގައުމަށް އިހާނެތިވާ ގޮތަށް ވާހަކަ ދެއްކުން އަދި އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލުމަކީ ވަރަށް ބޮޑަށް ނާއުންމީދުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

މިއީ "އިންޒާރެއް" ގެ ގޮތުގައި ބެލުމަށް ވެސް ބުނެފައިވެ އެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް ހެކަރުންގެ ހަމަލާ އަމާޒުވެފައިވާއިރު، އެ ވެބްސައިޓު މިހާރުވަނީ ޑައުންވެފަ އެވެ.

ރާއްޖެ އާއި އިންޑިއާގެ މައްސަލަ ފެށުނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަށް، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އޭނާއަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވުމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް