ads
އަރުތަ ޕްރޮގްރާމްގެ އިވެންޓެއްގެ ތެރެއިން
މަހްލޫފުގެ "އަރުތަ" ޕްރޮގްރާމްވީ އަރަތަކަށް
"އަރުތަ" ޕްރޮގްރާމް އަކީ ރަނގަޅު އުސޫލެއް ނެތި ފެށިފައިވާ ޕްރޮގްރާމެއް ކަމަށާއި، އެކަން ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރު މިނިސްޓްރީން ބުނެފިއެވެ.

އަރުތަ ޕްރޮގްރާމަކީ ކުރީ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، އިސްވެ ހުންނަވައި ފެށި، ޕްރޮގްރާމެކެވެ. ސަރުކާރުން، 30 މާޗް 2023 ވަނަ ދުވަހު، "އަރުތަ" ސްކޮލަޝިޕް ޕްރޮގްރާމްގެ ނަމުގައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދޭން، އާ ކަމެއް ފެށިއިރު، އުސޫލެއް އާންމުކުރި އެވެ.

"އަރުތަ" ޕްރޮގްރާމްގެ ދަށުން އެތުލީޓުންގެ ތަމްރީނުތަކަށާއި އަދި އެ ނޫން ވެސް ބޭނުން ތަކަށް "އަރުތަ" ޕްރޮގްރާމްގެ ދަށުން ވަނީ މާލީ އެހީތެރިކަން ދީފަ އެވެ. "އަރުތަ" ޕްރޮގްރާމްގައި މި ވަގުތު 50 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ހިމަނައިފަ އެވެ.

"އަރުތަ" ޕްރޮގްރާމާ ބެހޭ ގޮތުން ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒް (ރިޔާ) ވިދާޅުވީ އެ ޕްރޮގްރާމް އަކީ ވަރަށް އުނދަގޫ މަރުހަލާއެއްގައި އޮތް ކަމެއް ކަމަށެވެ.

"އެއްވެސް ކަހަލަ އުސޫލެއް ހަމައެއް ނެތި އޮތް ޕްރޮގްރާމެއް އަރުތަ ޕްރޮގްރާމް އަކީ. އަޅުގަނޑުމެން ވާހަކަ ދެއްކި އެސޯސިއޭޝަންތަކުން ފާހަގަ ކޮށްފައިވަވޭ އެކަންވެސް" ރިޔާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، "އަރުތަ" ޕްރޮގްރާމްގެ ދަށުން ކުޅުންތެރިންގެ ތަމްރީނުތަކަށާއި, މުބާރާތްތަކަށް ހަރަދު ކުރާނެ ގޮތެއް ލިޔެވިފައިނުވާ ކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގަމުން އައީ ކުޅިވަރާ ބެހޭ ވުޒާރާ އަށް ފެންނަ އެތުލީޓުންނަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ އަށް އެންމެ ބޮޑަށް ބާރު ލިބޭ ކަމަކީ، އެސޯސިއޭޝަނުން މިހާރު އޮތް ގޮތަށް "އަރުތަ" ޕްރޮގްރާމް ގެންދަން ބޭނުންނުވުން ކަމަށް ރިޔާޒް ވިދާޅުވި އެވެ .

ރާއްޖޭގެ ކުޅިވަރުގެ މުސްތަގްބަލްގެ އާ ޖީލު ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު، ރަސްމީކޮށް ލޯންޗު ކުރުމުގެ ކުރިން ވެސް މި ޕްރޮގްރާމްގެ ދަށުން ގިނަ އެތުލީޓުންތަކެއް ވަނީ ތަމްރީނު ހަދައިފަ އެވެ. "އަރުތަ" ޕްރޮގްރާމް ފެށުނުއިރު ވެސް އޭގެ ތެރެއިން ކަންކަން ކުރަމުން އަންނަ ގޮތާ މެދު ގިނަ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް