ads
އަޒްމީން
ވެލެންސިޔާގެ ޗެއާމަންއަކީ އަޒްމީން: ކޮމިޝަނަރު
ވެލެންސިޔާގެ ޗެއާމަންގެ ގޮތުގައި ބަލައިގަންނަނީ އަބްދުﷲ އަޒްމީން ކަމަށް ސްޕޯޓްސް ކޮމިޝަނަރު ނިންމަވައި، އެކަން އެފްއޭއެމަށް އަންގައިފިއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ސޮއިކުރައްވާ އެފްއޭއެމަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކްލަބު ވެލެންސިޔާގެ ޗެއާމަންއަކީ އަބްދުﷲ އަޒްމީން ކަމަށާއި، އަދި އެކަން އެހެން އޮތުމުން އެ ކްލަބުގެ ނަމުގައި ނިންމުންތަކުގައި ސޮއި ކުރުމުގެ ބާރު އޮންނާނީވެސް އަޒްމީނަށް ކަމަށެވެ. 

ތޮލާލްގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ އެ ކްލަބުގެ ވައިސް ޗެއާމަން ސޮއިކޮށް ފޮނުވާ ސިޓީތައް ބަލައި ނުގަނެވޭ ކަމަށެވެ. 

ސްޕޯޓްސް ކޮމިޝަނަރުގެ ސިޓީއެއް ވެލެންސިޔާގެ ޗެއާމަންގެ ގޮތުގައި އަޒްމީން ބަލައިގަނެ އެކަން އެފްއޭއެމަށް އަންގާފައިވާއިރު، އެފްއޭއެމްގެ އިލެކްޝަންގެ ކަންތަކުގައި ވެލެންސިޔާގެ ދެ ސިޓީއެއް ދެ ކެންޑީޑޭޓަކަށް ފޮނުވާފައިވެއެވެ. އެއީ އަޒްމީން ސޮއިކޮށް އަހްމަދު ތޯރިގަށް އެންޑޯޒްކޮށްފައިވާ ސިޓީއަކާ، ވައިސް ޗެއާމަން ސޮއިކޮށް މުފާވިޒް ހާޝިމަށް އެންޑޯޒްކޮށްފައިވާ ސިޓީއެކެވެ. 

ސްޕޯޓްސް ކޮމިޝަނަރުގެ މި ނިންމުމާއެކު، އެފްއޭއެމްގެ އިލެކްޝަނަށް މުފާ ފޮނުވާފައިވާ ވެލެންސިޔާގެ ސިޓީ ރިޖެކްޓްވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެ ސިޓީ ރިޖެކްޓް ވިޔަސް މުފާގެ ކެންޑިޑޭސީއަކަށް އެކަމުން އަސަރެއް ނުކުރާނެއެވެ. 

ވެލެންސިޔާގެ ދެ ސިޓީއެއްގެ މައްސަލަ ފެންމަތިވުމުން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީންވަނީ އެކަމުގައި އޭއެފްސީގެ ލަފައަކަށް އެދިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް