ads
ވިކްޓްރީގެ އުމައިރު
ވިކްޓްރީއަށް ބޮޑު މޮޅެއް، އަށެއް ސުމެއް
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި، މުހައްމަދު އުމެއިރުގެ ހެޓްރިކާ އެކު، ވިކްޓަރީ ސްޕޯޓްސް ކްލަބު ބޮޑު ތަފާތަކުން ލޯރެންޒޯ އަތުން މޮޅުވެއްޖެއެވެ.

ލޯރެންޒޯއާ ވިކްޓްރީގެ މެޗުން ވިކްޓްރީ މޮޅުވީ އަށް ލަނޑު ސުން ލަނޑުންނެވެ. މިއީ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ބުދަ ދުވަހު ހަވީރު، ބޯވިއްސާރައިގެ ތެރޭގައި ބޮޑުބައި ކުޅެން ޖެހުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަނެއް ތިން ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ވިކްޓަރީން މި މެޗުގައި ލީޑުނެގީ 11 ވަނަ މިނިޓްގައި އުމެއިރު ޖެހި ލަނޑުންނެވެ. ވިކްޓަރީގެ ދެ ވަނަ ގޯލު އަދި ތިންވަނަ ޖެހީ، އެ ޓީމުގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސް އެވެ. ވިކްޓަރީން ވަނީ ހަތަރު ވަނަ ލަނޑު ބިދޭސީ ކުޅުންތެރިޔާ، ފާރޫކް ހައިދަރޯފް އެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް، އުމެއިރު ވަނީ ވިކްޓަރީގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ އުމެއިރު ވަނީ، އޭނާގެ ތިން ވަނަ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ވިކްޓަރީން ހަތް ވަނަ ލަނޑު ޖެހީ އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ. އަދި ފަހު ލަނޑު ޖެހީ އަނަޓޯލީ އެވެ.

ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ކުޅޭ ވިކްޓަރީ މި ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ، ގްރޫޕް ސީގައި ވާދަކޮށް، ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ވިކްޓަރީން ވަނީ 3-0 އިން ކްލަބް ޕީކޭ ބަލިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް