ads
ރާއްޖެއާ ޗައިނާގެ ރަސްމީ ވާހަކަތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ
ރަސްމާލޭގައި 30000 ފްލެޓު އަޅަން ޗައިނާއިން އެއްބަސްވެއްޖެ
ފުށިދިއްގަރު ފަޅުގައި ތަރައްގީކުރަމުން އަންނަ "ރަސް މާލެ" ނަން ދީފައިވާ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އެހީ ދިނުމަށް ޗައިނާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.
Advertisement

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސް މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު އެވެ. 

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. ބި ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ. 

ރައީސް ޑރ. މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮއިކުރި އެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ރަސް މާލޭގައި ދިވެހިނަށް ގެދޮރުވެރިކަމުގެ ހައްލެއް ހޯއްދެއްވުމަށް ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

މި އެއް ބަސްވުމުގެ ދަށުން ޗައިނާ އިން ފްލެޓާއި ހައުސިން ޔުނިޓު އެޅުމަށް ދޭނެ އެހީތަކާ ގުޅޭ ތަފުސީލުތައް އަވަސް ތާރީހެއްގައި މީޑިއާއަށް ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒާ އެކު ޗައިނާގައި މިވަގުތު ހުންނެވި ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅުގެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި އެތަނުން ވަނީ 10 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.

"ރަސްމާލެ" ނަމުގައި ތަރައްގީ ކުރާ އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ.

މި ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީސީއާ ހަވާލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން އަދި އާބަންކޯ އިން އެއްވެސް ހަރަދެއް ނުކޮށް، އެ ކުންފުންޏަށް ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ.

ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް ތަރައްގީ ކުރާ ރަސްމާލެ ވެގެންދާނީ ޒީރޯ ކާބަން ރަށަކަށްކަމަށް ސަރުކާރުން ވިދާޅުވެ އެވެ. މިއާއެކު އެތަނުގައި ބޭނުންކުރާނީ އިއާދަކުރަނިވި ހަކަތަ ކަމަށާއި، އިންޖީނުލީ އުޅަނދު އެތަނުގައި ދުއްވުން މަނާވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ހިނގަމުންދާ ރިޔާސީ ދައުރު ނިމޭއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް