ads
އާސަންދައިން މިހާރު ޑީއެންއޭ ޓެސްޓް ހެދޭނެ
އާސަންދަައިގެ ދަށުން ޑީއެންއޭ ޓެސްޓް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތް މިނިސްޓްރީން އެ ކުންފުނީގެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޑީ.އެން.އޭ ޓެސްޓް އާސަންދައިގެ ތެރެއިން މިހާރު ހަމަޖެހިގެންދާނެކަމަށެވެ. 

މިއީ ރައީސް މުއިއްޒުގެ ހަފްތާ 14 ގެ ދަށުން ނިންމަން ހަމަޖެހިފައިވާކަމެކެވެ.

މީގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި، ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

މީގެއިތުރުން، މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބޭނެގޮތް ވެސް ވަނީ ފަހިކޮށްދީފަ އެވެ.

މި އަހަރު ތެރޭގައި ދައުލަތުގެ ހަރަދުގައި ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ނިންމައިފައިވާކަމަށް ސަރުކާރުން މިފަހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް