ads
މިލޯގެ އާ ޓީމުގެ ޕްރެކްޓިހުގައި
މާޒިޔާއަށް ލީގު ނަގައިދިނުމަށް ފަހު މިލޯ އިންޑޮނީޝިއާ ޓީމަކަށް
މާޒިޔާއަށް މިދިޔަ އަހަރު ކޯޗުކޮށްދިން، ބޮސްނިއާގެ މިލޯމިރް ސެސިލިއާ އިންޑިނީޝިއާގެ ޓީމަކާ ގުޅިއްޖެއެވެ.

މާޒިޔާގެ ކޯޗު ކަމަށް މިލޯ ހަމަ ޖެއްސީ މިދިޔަ ސީޒަން ފެށުނު އިރު ހުރި ކޯޗު، ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް މަގާމުން ވަކިކުރުމަށް ފަހު ކޯޗުކަމުގެ މަގާމު ހުސް ކޮށް އޮތުމަށް ފަހުއެވެ.

މިލޯގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު މާޒިޔާއިން ދިވެހި ލީގު ކާމިޔާބު ކުރިނަމަވެސް، އޭއެފްސީ ކަޕުގައި މާޒިޔާއިން ހޯދީ ދަށް ނަތީޖާއެކެވެ.

މިލޯ ވަނީ މާޒިޔާއަށް އައުމުގެ ކުރިން ކޯޗެއްގެ ގޮތުގައި މެލޭޝިއާ އާއި އިންޑޮނޭޝިއާގައި މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. މާޒިޔާގެ ކުރިން އެންމެ ފަހުން މަސައްކަތް ކުރީ ބޮސްނިއާގެ ތިންވަނަ ޑިވިޝަންގެ ކްލަބް ފަމޯސް ވައިކޯވިކްގަ އެވެ. މާޒިޔާއަށް ފަހު އެނބުރި ދިޔައީ އަނެއްކާވެސް އިންޑޮނީޝިއާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް