ads
ސައުތު އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށައިފި
ސައުތު އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް(އައިސީޖޭ)އަށް ހުށަހެޅި ދައުވާގެ އަޑުއެހުން ފަށައިފި އެވެ.

އިޒްރޭލުން ގައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުންދާތާ ތިން މަސް ދުވަސްވެފައިވާއިރު، މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވެއެވެ.

ސައުތު އެފްރިކާއިން އިޒްރޭލަށް ތުހުމަތު ކުރަނީ ހަނގުރާމައިގެ ޖަރީމާ އާއި ގަތުލުއާމު ހިންގުމާއި އަދި ނަސްލެއް ނައްތާލަން އުޅުމުގެ ތުހުމަތެވެ.

މިއަދު ނެދަލޭންޑްސްގެ ހޭގުގައި ހުންނަ އައިސީޖޭއަށް ހުށަހެޅި މައްސަލައިގައި ބުނީ އިސްރާއީލުން ވަނީ 1948 ވަނަ އަހަރު ހޮލޮކޯސްޓްގެ ފަހުން ގާއިމްކުރި ނަސްލު ނައްތާލުމުގެ މުއާހަދާއާ ހިލާފުވެފަ އެވެ. ގައްޒާގައި

ދެކުނު އެފްރިކާ ތަމްސީލު ކުރައްވާ ވަކީލު އަދީލާ ހަސީމް އައިސީޖޭއަށް ވިދާޅުވީ އިސްރާއީލުން ވަނީ ގައްޒާގައި ފަލަސްތީނުގެ މީހުން "ގިނަ ބަޔަކު އެއްފަހަރާ މަރާލުން" ހިމެނޭ ނަސްލު ނައްތާލުމުގެ މުއާހަދާގެ ދެވަނަ މާއްދާއާ ހިލާފުވެފަ އެވެ.

“އިސްރާއީލުން ހަފްތާއަކު 6،000 ބޮން ގައްޒާއަށް އަޅާ... އެއްވެސް މީހަކު ސަލާމަތް ނުވޭ. އަލަށް އުފަން ކުދިނަށްވެސް ދޫނުދޭ."

ސައުތު އެފްރިކާއިން ކުރާ ތުހުމަތުތަކަށް އިޒްރޭލުން ހުކުރު ދުވަހު ޖަވާބުދާރީވުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް