އާޒިމަށް ތާއީދުކުރައްވާ ސަބަބު ހާމަކުރައްވަމުން ފާރިޝް ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކަށް ހުންނެވީ އާޒިމް ކަމަށެވެ.
މާލޭ ސިޓީގެ ދިރިއުޅޭ އެންމެގެ ވެސް ދިރިއުޅުމުގެ ހާލަތު މިވަގުތު ހުރީ ވަރަށް ދަތިކޮށް ކަމަށާއި ހައްލުކުރަންޖެހޭ ކަންތައް ވަރަށް ގިނަ ކަމަށް ފާރިޝް ވިދާޅުވި އެވެ.
ފާރިޝް ވިދާޅުވީ އެކަންކަމަކީ ވަރަށް ވިސްނުންތެރި އަދި ތަޖުރިބާކާރު ގާބިލް ބޭފުޅަކަށް ހުންނެވީ އާޒިމްކަމަށެވެ.
މާލޭ މޭޔަރު ބައި އިލެކްޝަންގައި ފަސް ބޭފުޅަކު ވާދަކުރައްވައެވެ.
ބައި އިލެކްޝަން އޮންނާ އަންނަ ހޮނިހިރު ދުވަހު އެވެ.