ads
އެ އެކްސްޕޯ އިއްޔެ ހުޅުއްވައިދެއްވީ، އެންވަޔަރަމަންޓް އެންޑް އެނަޖީ މިނިސްޓަރު ތޯރިގް އިބްރާހީމް
ނެޝަނަލް ބިލްޑް އެކްސްޕޯ ހުޅުމާލޭގައި ފަށައިފި
އިމާރާތް ކުރުމަށް ބޭނުންވާ ސަމާނާނުތަކާއި ހިދުމަތްތައް އެއް ތަނަކުން ދައްކާލާ މި އަހަރުގެ ނެޝަނަލް ބިލްޑް އެކްސްޕޯ ހުޅުމާލޭގައި ފަށައިފި އެވެ.

މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަލިއަޅުވާލާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ފަދަ ޕްލެޓްފޯމެއް ގާއިމުކުރުމެވެ.

އިއްޔެ ފެށި ނޭޝަނަލް ބިލްޑް އެކްސްޕޯ 2024 ކުރިއަށްދާނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

މިއީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމުކުރާ ބިލްޑް އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ. މި އަހަރުގެ އެކްސްޕޯގައި 70 އަށްވުރެ ގިނަ ސްޓޯލް ހުންނާނެ އެވެ.

your imageނޭޝަނަލް ބިލްޑް އެކްސްޕޯ 2024

ކުރިން ދެ އަހަރު ވެސް ބޭއްވި ބިލްޑް އެކްސްޕޯވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ އެވެ.

ނޭޝަނަލް ބިލްޑް އެކްސްޕޯ 2024 އަށް 8،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރާނެކަމަށް މި އެކްސްޕޯ އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދެއެވެ.

އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް އެންޑް އެނަޖީ މިނިސްޓަރު ތޯރިގް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ މުހިންމު ދާއިރާ އެވެ.

your imageއެ އެކްސްޕޯ އިއްޔެ ހުޅުއްވައިދެއްވީ، އެންވަޔަރަމަންޓް އެންޑް އެނަޖީ މިނިސްޓަރު ތޯރިގް އިބްރާހީމް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް