ads
ވެއްޓިފައިވަނީ އެމްޑަބްލިޔުއެސްސީގެ 8 ނަންބަރު ޕަމްޕްސްޓޭޝަން
ގަދަ ވައިގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ވަސްހޮޅިއެއް ވެއްޓިއްޖެ
މާލެއަށް ކުރަމުންދާ ވިއްސާރަޔާ ގަދަ ވައިގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ވަސްހޮޅިއެއްވެއްޓި ގެއްލުންވެއްޖެކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ 8 ނަންބަރު ޕަމްޕްސްޓޭޝަންގެ ވަސްހޮޅިއެއް ވެއްޓި ގެއްލުންވެފައިވާ ކަމަށާއި އަދި ވަސްހޮޅި ވެއްޓި ލިބުނު ގެއްލުން ބަލައި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދެއެވެ. 

މި ހާދިސާއާއި ގުޅިގެން އެކުންފުނީން ދެމުންގެންދާ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނޭކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ރެއިން ފެށިގެން މާލެއަށް ވެހެންމުންދާ ވާރޭގައި ބައެއް ގޭތަކަށް ފެންވަންނަމުންދާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ވިއްސާރައިގައި މިއަދު ވަނީ ޕާކުކޮށްފައި އޮތް ކާރަކަށް ގަހެއް ވެއްޓި އެކި ވަރުގެ ގެއްލުން ވެސް ވެފައެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއާއި ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ. ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ބައެއް ތަންތަނަށް ވަނީ ގެއްލުންތައް ވެސް ވެފައެވެ.

ވާރޭ ވެހެމުންދާއިރު މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކާށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. 

މެޓު އޮފީހުން ވަނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މާލެ އަތޮޅުން ފެށިގެން ދ. އަތޮޅާ ހިސާބަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ، މިއަދުގެ 2:30 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް