ads
ރެހެންދި ހިނގުމުގައި ހުރި ގަހެއް ކާރެއް މައްޗަށް ވެއްޓިފަ: މާލޭގެ ހުރިހާ ހިސާބެއްގައި ވެސް ވަނީ ފެންބޮޑުވެފަ -- ފޮޓޯ: ސިޓީ ކައުންސިލް
މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގަހެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެ
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވެރިރަށް މާލޭގައި ފެންބޮޑުވެ، ޕާކުކޮށްފައި އޮތް ކާރަކަށް ގަހެއް ވެއްޓި އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.

ވާރޭ ވެހެމުންދާއިރު މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކާށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. 

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ރެހެންދި މަގު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކައިރިއަށް ވެއްޓުނު ގަސް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

ގަސް ވެއްޓި މަގު ބެދުމުގެ ސަބަބުން އެ މަގު ވެސް ވަނީ ބަންދުކޮށްފަ އެވެ.

"ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ. ވީމާ މޫސުމަށް ސަމާލުވުން އެދެން،" މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން މާލެ ސަރަހައްދުގެ 70 ގެއެއްގައި ފެންބޮޑުވި ކަމަށް މީގެ ކުރިން ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް