ads
ސްޓެލްކޯގެ މުވައްޒަފުން ގެއަށް އެ ކުންފުނީގެ އެމްޑީ އަދި ޑީއެމްޑީ ޒިޔާރަތްކުރައްވަާ ހާލުބެއްލެވުން
ގެއްލުން ލިބުނު މުވައްޒަފުގެ ހާލަތު ބަލަން ސްޓެލްކޯ ވެރިން މުއައްޒަފުން ގެއަށް
މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ސްޓެލްކޯގެ މުވައްޒަފުގެ ގެއަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ޒިޔާރަތްކުރައްވައިފި އެވެ.

ވިއްސާރަވެ މާލެއަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އޭގެތެރޭގައި އެމްޑަބްލިއުއުއެސްސީގެ ވަސްހޮޅިއެއްވެއްޓި ގެއްލުންވެފައިވެ އެވެ. އަދި ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށް ބޮޑު ގަހެއް ވެސް މިއަދު ވަނީ ވެއްޓިފައި އެވެ.

މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރާ ގައި މާލެ ސިޓީގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންވެ 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން  ވަނީ ބުނެފަ އެވެ.

މި ވަގުތުވެސް ވަރަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. ހެނދުނުން ފެށިގެން ވެހެމުންދާތީ މާލޭގެ ބޮޑު ސަރަހައްދެއް ގައި ވަނީ ފެންބޮޑުވެފަ އެވެ.


your imageފޮޓޯ: ސްޓެލްކޯ

ދާދި ފަހުންވެސް ވަނީ މާލޭގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ލިިބިފަ އެވެ. އޭގެ ތެރޭގައި ޕީއެސްއެމްގެ ދެ އިމާރާތައް ގެއްލުންވުމުގެ އިތުރުން މާލޭގެ ބައެއް ގެތަކަށް ފެންވަދެ ބައެއް ގެތަކުގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް