ads
މިނިސްޓަރު އަބްދުﷲ މުއްތޮލިބު
ހުއްޓިފައިވާ 32 މަޝްރޫއެއް އަލުން ފަށައިފިން: މުއްތޮލިބު
ހުއްޓިފައިވާ 32 މަޝްރޫއެއްގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަބްދުﷲ މުއްތޮލިބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ހުއްޓިފައިވާ 64 މަޝްރޫއަކީ އެމްޓީސީސީ އަދި އާރުޑީސީއާ ޙަވާލުކުރެވި މަސައްކަތް ފެށި ހުއްޓިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. މީގެ ތެރެއިން 32 މަޝްރޫއެއްގެ މަސައްކަތް އަލުން ފެށިފައިވާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

"މީގެ އިތުރުން މި ދެކުންފުންޏާއެކު ސޮއި ކުރެވި މަސައްކަތް ފެށިފައި ނުވާ 83 މަޝްރޫޢެއް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތޮލިބް ވިދާޅުވި ގޮތުގައި، ފެނަކަ ކޯޕަރޭޝަން، އެމްޑަބްލިއުއެސްސީ އަދި އަމިއްލަ ކުންފުނިތަކާ ޙަވާލުކުރެވިފައިވާ ވަރަށް ގިނަ މަޝްރޫއުތަކެއްވެސް ހުރީ ނުފެށި ނުވަތަ މަސައްކަތް ހުއްޓިފައެވެ. ސަރުކާރުގެ އަމާޒަކީ ހުއްޓިފައިވާ ހުރިހާ މަޝްރޫއެއް ވީހާވެސް އަވަހަކަށް ފެށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިމިވަނީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 70 ނުވަތަ 80 ޕަސެންޓް މަސައްކަތް މިސަރުކާރުން ހުއްޓާލާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް