ads
އަވަހަށް ކޯޓަށްދާން ސައިކަލެއް ވަގަށް ނަގައިފި
އަވަހަށް ކޯޓަށް ދާން ވެގެން ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

އަވަހަށް ކޯޓަށް ދާން ވެގެން ސައިކަލެއް ވަގަށް ނެގީ، އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހަކީ މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. 

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާވަނީ ސައިކަލު ވަގަށް ނެގި ކަމަށް އިއުތިރާފުވެފަ އެވެ. ބަންދު މަޖިލީހުގައި އޭނާ ބުނީ، އޭނާ ސައިކަލެއް ވަގަށް ނަގަށް ޖެހުނީ އަވަހަށް ކޯޓަށް ދާން ވެގެން ކަމަށެވެ.

ބަންދު މަޖިލީހުގައި އޭނާ ބުނީ ސައިކަލު ވަގަށް ނެގީ ޑްރަގް ކޯޓަށް އަވަހަށް ހާޒިރުވާން ޖެހޭތީ ކަމަށެވެ. ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ޑްރަގް ކޯޓަށް ހާޒިރުވާން ޖެހެނީ ފަރުވާއާ ގުޅޭ ކަމެއްގަ އެވެ.

މި މީހާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމުގެ ތުހުމަތެވެ. ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް