ޕެރިހުގައި ކުޅުނު މި ފޯރިގަދަ މެޗުން 111- 102 ން މޮޅުވީ ކްލެވަލަންޑް ކެވިލިއަންސްއެވެ.
މި މެޗު ބެލުމަށް ދިޔަ ތަރިންގެ ތެރޭގައި ޑޭވިޑް ބެކަމްއާ ރޮނާލްޑޯގެ އިތުރުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާ ޕީއެސްޖީގެ ކީޕަރު ޖިއަންލޫއިޖީ ޑޮނަރޫމާ ހިމެނެއެވެ.
މި މެޗު ބެލުމަށް އެކޯ އެރީނާގައި ގާތްގަނޑަކަށް 15،000 ސަޕޯޓަރުންގެ ހާޒިރުވިއެވެ.
މަޝްހޫރު އެތްލީޓުން އެ އެތްލީޓުން މަޝްހޫރުވެފައިވާ ކުޅިވަރުތައް ފިޔަވައި އެހެން ކުޅިވަރުތައް ކުޅޭތަން ބަލަން ދިޔުމަކީ އާއްމު ކަމެވެ. ޑޭވިޑް ބެކަމްވަނީ މި ފަހުން އިންޑިޔާގައި ނިމުނު ކްރިކެޓް ވޯލްޑްކަޕުގެ ފަހު މެޗުތަކަށްވެސް ގޮސްފައެވެ.