ads
ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ބޮޑުކުރަނީ
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދެމުން އަންނަ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދެމުން އަންނަ މުސާރައިގެ ފަރަގު ނައްތާލާ މިހާރު ދެމުން އައި ވަރަށް ވުރެ ބޮޑު މުސާރައެއްއަންނަ އަހަރުން ފެށިގެން ދެވޭނެކަން ހާމަކުރީ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ރިޔާޒް (ރިޔާޒް) އެވެ. އޭގެ ފަހުން މިނިސްޓަރުވެސްވަނީ އަންނަ އަހަރުން ފެށިގެން މުސާރަ ބޮޑު ކުރައްވަން މަސައްކަތް ކުރައްވަމުން ދާކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފަ އެވެ.

ސްޓޭޓް މިނިސްޓަރު ރިޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭ އެއް ކަމަކީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭ މުސާރަ ބޮޑުކުރުން ކަމަށެވެ. އެކަމަކު މި ވަގުތު މުސާރަ ބޮޑު ކުރެވެން ނެތް ސަބަބަކީ، މި އަހަރަށް ތައްޔާރުކުރި ބަޖެޓްގައި ނުހިމެނޭ ހަރަދުތަކެއް ކުރަން ޖެހުން ކަމަށާއި އޭގެ ތެރޭގައި "އަރުތަ" ޕްރޮގްރާމަށް އިތުރުކުރި ކުޅުންތެރިންގެ ހަރަދުވެސް ހިމެނޭކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

ބަޖެޓަށް ވެސް ބަލާފައި އިރާދަކުރެއްވިއްޔާ، 2025 ވަނަ އަހަރުގައި ނެޝަނަލް ޓީމުތަކުގެ އެލަވަންސް ދެވިގެންދާއިރުގައި ކުޅުންތެރިންނާއި އޮފިޝަލުންގެ އެ ފަރަގެއް ނީންނާނެ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭނެ މިހާރު ލިބޭ މުސާރަ ބޮޑުކުރުން ވެސް. އެ ވެސް މި އަހަރު ތެރޭގައި އޭގެ ގްރައުންޑްވޯކް ކުރެވި، އަޅުގަނޑުމެން ކައުންސިލުން އޭގެ ފައިނަލް ލަފާ ހޯދައިފައި ހަމަ އިމްޕްލިމެންޓްކުރާނެ ކަމެއް އެއީ. ކުޅުންތެރިންނާއި އޮފިޝަލުންނަށް އެއްވަރަށް މުސާރަ ދިނުމާއި މިހާރު ދޭވަރަށް ވުރެ ބޮޑުކޮށްދިނުމާ،"

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ/އެލަވަންސް ދޭން ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ މުސާރަ ދިންއިރު، ކުޅިވަރުތަކުގައި ފަރަގުތަކެއް ހުރި އެވެ. އަދި ކުޅުންތެރިން ވެސް ވަނީ އެކި ގިންތިތަކަށް ބަހާލައިފަ އެވެ. 

2018 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުރިހާ ކުޅިވަރެއް ހަމަހަމަކޮށް ގެންދިއުމުގެ ސިޔާސަތެއްގެ ތެރެއިން، ކޮންމެ ގައުމީ ޓީމެއްގެ ކުޅުންތެރިއަކަށް 5000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް