ads
ޒަމާންގަނޑަކަށް ފަހު ނިއުރޭޑިއަންޓްގެ ފުރަތަމަ މެޗު މިއަދު
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މި ސީޒަންގައި، ކުރީގެ އެއްވަނަ ކްލަބު ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗު މިއަދު އޮންނާނެ އެވެ.

ނިއުގެ ފުރަތަމަ މެޗު މިއަދު އޮތް އިރު، ހަގީގަތުގައި މިއީ ތާވަލު ކުރެވުނު ނިއުގެ ދެވަނަ މެޗެވެ. އެކަމަކު ނިއު އަސްލު އެންމެ ކުރިން ކުޅެން އޮތް މެޗު މޫސުން ގޯސްވެގެން ފަސް ކުރީ އެވެ. އެއީ ދަ ގްރާންޑޭއާ ދެކޮޅަށް ނިއު ކުޅެން އޮތް މެޗެވެ. 

މިއަދު ނިއު ކުޅޭނީ ކްލަބު ޓީނޭޖްއާއެވެ. ނިއުއާ ޓީނޭޖް މެޗު އޮންނާނީ މިއަދު ހަވީރުއެވެ.

ނިއު އާއި ދަ ގްރާންޑޭގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބް އަދި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ޓީނޭޖް ހިމެނެނީ ގުރޫޕް ބީގަ އެވެ.

މި އަހަރު ނިއުރޭޑިއަންޓުގެ ކޯޗަކަށް، އަހުމަދު ނިމާދު އަދި އެސިސްޓެންޓް ކޯޗަކަށް ނިއުގެ ކުރީގެ ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް - ފަރޭވަނީ ހަމަ ޖައްސާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް