ads
އަމީނީމަގުގައި ތާރު އަޅާ ނިމިފައި - ފޮޓޯ: އާރުޑީސީ
މާލޭގެ އަމީނީމަގުގެ މަސައްކަތް ނިންމާ މުޅި މަގު ހުޅުވާލައިފި
މާލޭގެ އަމީނީމަގުގެ މަސައްކަތް ނިންމާ މުޅި މަގު ހުޅުވާލައިފި އެވެ.

އަމީނީ މަގު އެއްކޮށް އިއްޔެ ހުޅުވާލައިފައިވާއިރު އެކަމާ ގުޅޭގޮތުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފައިވަނީ އަމީނީ މަގު އިއްޔަ ހުޅުވާލީ، މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަމީނީމަގު ސެގްމެންޓް 12 އަދި 13 ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އެ ދެ ސެގްމަންޓްގައި އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރުއަޅާ ނިންމާލާފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހު އެވެ.

ތާރުއަޅާ ނިންމާލިނަމަވެސް އަމީނީމަގު ހުޅުވާނުލާ މަޑުކުރީ މަގުގައި އިތުރަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ތާރު އަޅައިގެން އަމީނީމަގު ތަރައްގީކުރަން މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި ތިނެއް، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ.

އެ މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

your imageއަމީނީމަގު


އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ލަސް ސްޕީޑެއްގައި ކުރީގެ ސަރުކާރުން ގެންދިއުމުން އެ ދުވަސްވަރު ބޮޑެތި ފާޑުކިޔުންތަކެއް އެ ސަރުކާރަށް އަމާޒުވި އެވެ.

ދިގުމިނުގައި 1.7 ކިލޯމީޓަރު ހުންނަ އަމީނީމަގު ތަރައްގީކޮށްފައިވަނީ ސެގްމެންޓްތަކަކަށް ބަހާލައިގެންނެވެ.

އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު މި ސަރުކާރުން ވަނީ ކަނބައައިސަރަނި ހިނގުމާއި މާލޭގެ ބޮޑެތި އެހެން މަގުތަކުގައި ވެސް ތާރު އެޅުމުގެ މަސައްކަތް ކުރަން ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް