ads
މިއަދު 10 ޖެހުމާއި ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް މަދު: އީސީ
މިއަދު 10 ޖެހުމާއި ހަމަޔަށް ވޯޓުލީ މީހުގެ އަދަދު މަދު ކަމަށް އިލްކެސަންސް ކޮމިޝަންސްއިން ބުނެފި އެވެ.

އީސީން ނެރުން ނޫސް ބަޔާނެއްގައިވާ ގޮތުން މިހާތަނަށް 2633 މީހުން ކަމަށާއި އެއީ ވޯޓުލާމީހުންގެ އިންސައްތައަށް ބަލާ އިރު 4.70 އިންސައްތައެވެ.

މިހާތަނަށް 1007 އަންހެނުން ވޯޓުލާން ނިކުމެފައިވާ އިރު އެއީ ވޯޓުލާ އަންހެނުން ގެ އިންސައްތައަށް ބަލާ އިރު 1.80 އިންސައްތަ ކަމަށް އެ ކޮމިޝަން އިން ބުނެއެެވެ.

މީގެ އިތުރުން މި ވަގުތާއި ހަމައަށް 1626 ފިރިހެނުން ނިކުމެފައިވާކަމަށާއި އެއީ ވޯޓުލާ ފިރިހެނުންގެ ނިސްބަތަށް ބަލާ ނަމަ 2.90 އިންސައްތަކަމަށް އެ ކޮމިޝަނުން ވަނީ ފަހަގަ ކޮށްފައިއެވެ. 

އަދި މިހާތަނަށް 53369 މީހުން ވޯޓު ނުލާވާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަ ކުރައްވާފައިވެއެވެ.

މާލޭގެ މޭޔަރުގެ އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ޖެހި އިރެވެ. މި އިންތިހާބުގައި ވޯޓުލުން މިއަދު ހަވީރު 5:00 ޖަހަންދެން ކުރިޔަށް ގެންދާނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް