ads
ގަތަރުގައި އޭޝިއަން ކަޕްވަނީ ފެށިފައި
ވޯލްޑްކަޕަށް ފަހު އަނެއްކާވެސް ގަތަރަށް ފުޓްބޯޅައިގެ އީދެއް
މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ޝަރަފު ހޯދާފައިވާ، ގަތަރުގައި އޭޝިއަން ކަޕް ފެށިއްޖެއެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅުނު ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި އޭޝިއަން ކަޕް ފެށީ ގަތަރާ ލުބްނާނުގެ މެޗުންނެވެ. މި މެޗުން ތިން ލަނޑު ސުން ލަނޑުން މޮޅުވީ ގަތަރެވެ.

2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބު ކުރި ގަތަރުން މެޗުގައި ފުރަތަމަ ގޯލު ޖަހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އަކްރަމް އަފީފް އެވެ. ދެވަނަ ހާފު ފެށިގެން 10 ވަރަކަށް މިނިޓު ފަހުން އެޓީމަށް ލީޑު ފުޅާ ކޮށްދިން ގޯލު ޖަހައިދިނީ އަލްމުއީޒް އެވެ. އަދި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖެހި އަފީފް އެވެ.

މިދިޔަ އަހަރު ބާއްވަން އޮތް އޭޝިއަން ކަޕް އެންމެ ފުރަތަމަ ބާއްވަން އޮތީ ޗައިނާގަ އެވެ. ނަމަވެސް އެ ގައުމުގެ ޒީރޯ ކޮވިޑް ޕޮލިސީއާ ގުޅިގެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ދޫކޮށްލުމުން ގަތަރުން ވަނީ ދެވަނަ ފަހަރަށް އޭއެފްސީން ހުޅުވާލި ބިޑް، 2022 ގެ އޮކްޓޫބަރު މަހު ކާމިޔާބު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް