މާލޭގެ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވާށާއި މާލޭ ކައުންސިލުންގެ ތިން ގޮނޑިއަަކަށް މެންބަރުން ހޮވުމުގެ އިންތިހާބުގައި ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ޖެހި އިރެވެ. މި އިންތިހާބުގައި ވޯޓުލުން މިއަދު ހަވީރު 5:00 ޖަހަންދެން ކުރިޔަށް ގެންދާނެ އެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ؛
ކައުންސިލަރުން ހޮވާ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާ އެވެ.
މޭޔަރު ކަމަށް ފަސް ކެންޑިޑޭޓަކު ވާދަކުރައްވާ އިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ އެކަމަށެވެ.
މާލޭގެ މޭޔަރުގެ މަގާމުގެ ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ.