ads
ޝިލްޕާ ޝެޓީ--
ބޭރަށް ނުދެވޭތީ ޝިލްޕާ ގޭދޮށް ކުނި ކަހަނީ!
އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުން މުޅި އިންޑިއާ އޮތީ 21 ދުވަހުގެ ލޮކްޑައުނެއްގަ އެވެ. މި ބަލި ރައްކާތެރިވުމަށް ގޭގައި މަޑުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުން އެކަމަށް ބޮލީވުޑުގެ ތަރިން ވަރަށް ބޯލަނބަ އެވެ. އެގޮތުން ގެއިން ބޭރަށް ދިއުން މިވަނީ ހުއްޓިފަ އެވެ.

ގޭގައި ފޫހިވާތީ ގޭގެ މަސައްކަތްތަކުގައި ތަރިން އަވަދިނެތި އުޅެމުން އަންނައިރު ބަތަލާ ޝިލްޕާ ވެސް މިވަނީ ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ދޫކޮށްލާފަ އެވެ. ފެނިގެންދަނީ އޭނާގެ ބަގީޗާ، ކުނިކެހުމުގައި އަވަދިނެތި އުޅެމުންދާ މަންޒަރެވެ.

މި ވިޑީއޯގެ ކެޕްޝަނުގައި އޭނާ ބުނީ އެއީ މިއަދުގެ ކަސްރަތު ކަމަށެވެ. އެގޮތުން ގޭގައި މަސައްކަތް ކުރާ މީހާ ނާންނާތީ ގޭ ސާފުކުރުމުގައި އޭނާ ހަރަކާތްތެރިވީ ކަމަށް ވެސް ބުންޏެވެ. 

ޝިލްޕާ އިތުރަށް ބުނީ އެއަށް ވުރެ ރަނގަޅު ކަސްރަތެއް ނޯންނާނެ ކަމަށެވެ.

ޝިލްޕާ ވަނީ ގޭގެ މަސައްކަތްތެރިންނަށް ވެސް ތައުރީފްކޮށްފަ އެވެ. މި ލޮކްޑައުންގެ ސަބަބުން މީހެއްގެ ފަރާތުން ގޭތެރޭގައި ކުރާ މަސައްކަތައް ކުޑަވަރެއްގެ އެހީއެއް ލިބުނަސް އެއީ ވަރަށް ބޮޑު އެހީތެރިކަމެއްކަން އެނގޭ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ޝިލްޕާ ވަނީ ގިނަ ފަހަރަށް ގޭގެ މަސައްކަތު މީހާގެ އަގު ވަޒަންކުރަން އެނގެނީ އެފަދަ ދަނޑިވަޅެއް ކުރިމަތިވެ މަސައްކަތް ބުރަވުމުން ކަމަށް ވެސް ބުނެފަ އެވެ.

ބޮލީވުޑުގެ ކާމިޔާބު ފިލްމުތައް ކަމަށްވާ، "ދަޅްކަން" އާއި "ބާޒީގަރު" ފަދަ ނުވަދިހައިގެ އަހަރުތަކުގައި ނެރުނު ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ، ޝިލްޕާ މިފަހުން ބޮލީވުޑުން ވަނީ ގެއްލިފަ އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ބޮލީވުޑަށް އެނބުރި އަންނަން ނިންމާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް