ads
ނިއުގެ ބައެއް ކުޅުންތެރިން ބެންޗުގައި
ޓީނޭޖު ހާޒިރުނުވެގެން ނިއުއަށް މެޗު
ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު، ނިއުރޭޑިއަންޓާ ޓީނޭޖް ކުޅެން އޮތް މެޗަށް ޓީނޭޖް ހާޒިރުނުވުމުން ނިއުއަށް މެޗު ލިބިއްޖެއެވެ.
Advertisement

މިއަދު ހަވީރު ކުޅެން އޮތް މެޗު ގަޑި ޖެހުނު އިރުވެސް ޓީނޭޖް ކުޅުންތެރިން ދަނޑަކަށް ނާދެއެވެ. މެޗު ފަށަން ކުޑަތަންވީއިރު, ދަނޑަށް ހާޒިރުވީ ޓީނޭޖުގެ ދެ ކުޅުންތެރިންނެވެ. 

އެހެންވެ, މެޗް ކޮމިޝަނަރު ވަނީ ދަނޑަށް ޓީނޭޖު ހާޒިރު ނުވާ ކަމަށް ނިންމާ މެޗުން މޮޅުވީ ނިއު ކަމަށް ނިންމާފަ އެވެ. އެހެން ކަމުން ނިއު އަށް ތިން ޕޮއިންޓާ ފައިދާ ދެ ގޯލު ލިބޭނެ އެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ކުޅެން އޮތް މެޗަށް ޓީމު ހާޒިރުނުވިއިރު، އެއްވަނަ ޑިވިޝަނުގައިވެސް ބައެއް މެޗުތައް ޓީމު ހާޒިރު ނުވެގެން ނުވަތަ ޓީމު މުބާރާތުން ނަން ނަގައިގެން ނުކުޅެ ދޫކޮށްލަން ޖެހިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް