ads
އެސްބީއައި އޭޓީއެމްއެއް
އެސްބީއައި އިން ސަރުކާރަށް ދިން 50 މިލިއަން ޑޮަލަރުގެ ލޯނު ދައްކައިފި
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ރާއްޖޭގެ ސަރުކާރަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނުދައްކާ ހަލާސްކޮށްފި އެވެ.
Advertisement

އެސްބީއައިއަށް ވިއްކި ޓީ ބޮންޑަކީ ޑޮލަރަށް ދަތިވެގެން ކުރީ ސަރުކާރުން، މިދިޔަ ނޮވެމްބަރުގައި އަނބުރާ ދައްކާ ގޮތަށް ވިއްކި ބޮންޑެކަމަށާއި އެސްބީއައިން ބޮންޑަށް ފައިސާ ދައްކާ މުއްދަތު މިދިޔަ ހޯމައާ ހަމައަށް ދައްމާލަން ހުއްދަ ދިނީ އެ ސަރުކާރުން އެދިގެންކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ސުންގަޑިއަށް ފައިސާ ދައްކާ ހަލާސްކުރުމަކީ ސަރުކާރުގެ ނިންމުމެއްކަމަށާއި މިހެން ހުރި ހުރިހާ ދަރަނިތައް ދައްކައި ނިންމަލުމަށް ފަހު ސަރުކާރުން އާންމުކޮށްފައިވާ ބޮރޮއިން ޕްލޭނާ އެއްގޮތަށް ފައިސާ ނަގަމުން ދިޔުންމަކީ ސަރުކާރުގެ ވިސްނުމެއްކަމުގައެވެ.

ޝަފީގު މިހެން ވިދާޅުވީ މުއްދަތު އިތުރުކޮށްދޭން އިންޑިއާގައި އެދުމުން މުއްދަތު އިތުރުކޮށް ނުދޭން ނިންމިފައިވާކަމަށް ބުނެ ވާހަކަ ދެކެވެމުން ދާ ދަނޑިވަޅެއްގައިއެވެ. 

އޭނާ ވިދާޅުވި "އާދޭސް ދަންނަވައިގެން" ދަރަނި ރޯލްއޯވާ ކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މި ހަފްތާގައި ކުރި އިއުލާނުން ވަނީ ސަރުކާރުން އާންމުކޮށްފައިވާ ދަރަނި ނެގުމުގެ ޕްލޭނާ އެއްގޮތަށް ލޯނާއި ޓްރެޝަރީ ސެކިއުރިޓީގެ ގޮތުގައި ފައިސާ ދޭނެ ފާރާތްތަކުގެ ހުށަހެޅުންތަކަށް ހުޅުވާލާފަ އެވެ. މި ފައިސާ ހަރަދުކުރަނީ ސަރުކާރުން އިސްކަންދޭ ޕްރޮޖެކްޓުތަކަށެވެ.

ފިނޭންސުން ބުނި ގޮތުގައި މިގޮތަށް ހުޅުވާލުމުގެ އަނެއް ބޭނުމަކީ ހާމަކަން ބޯޑު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ދަރަނި ހޯދައި، ދަރަނީގެ ޕޯޓްފޯލިއޯގެ ޑައިވާސިޓީ އިތުރުކޮށް ގިނަ އިންވެސްޓަރުންތަކަށް ފުރުސަތު ދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް