ads
އިންތިހާބުން ބަލިވީ އެކަށީގެންވާވަރަށް މަސައްކަތް ނުކުރެވުމުން: އަދުރޭ
މިއަދު ކުރިއަށްދިޔަ މާލޭ ސިޓީ މޭޔަރު އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރު ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ އެކަށީގެންވާވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިރޭ ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބީ އާއޮ ކުރިމަތިލާން ޖެހުނީ، ކެމްޕޭނަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޕާޓީގެ އާއްމު މެމްބަރުންގެ ކިބައިން މާފަށް އެދޭކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީ ސަރުކާރާ ހަވާލުވެ ސަރުކާރު އެކުލާވަލަން އުޅުމުގެ ސަބަބުން ކަމަށާއި މިއަދުގެ އިންތިހާބުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެކަމަށެވެ. 

 ފިލާވަޅު ލިބިގެން ދެން ހުރި އިންތިހާބުތައް ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އާއްމު މެމްބަރުންނަށް އަރުވާކަމަށް ވިދާޅުވި އެވެ. 

އިންތިހާބުން ބަލިވި އެއް ސަބަބަކީ އާއްމު މެމްބަރުންނާމެދު ބާއްވަންޖެހޭ ގާތްކަން ވެސް މިދިޔަ ދުވަސްތަކުގައި ބޭއްވިފައި ނެތުމުން އެކަމަށް ވެސް މާފަށް އެދޭކަމަށް ވިދާޅުވި އެވެ. 

"އިންތިހާބު ކާމިޔާބު ނުވީ ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެނެއް ނޫން ނުވަތަ ރައީސްއަށް އިތުބާރު ނެތިގެން ނުވަތަ ރައްޔިތުންނަށް ކަމެއް ނުކޮށްދެވިގެނެއް ވެސް ނޫން". އަދުރޭ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާ މޭޔަރު އިންތިހާބާ ގުޅުމެއް ނެތް ކަމަށާއި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ގޯއްޗާއި ފްލެޓު ދޭނެކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެތަންތަން ދޭނީ ކޮންމެހެން އާޒިމް ވިދާޅުވެގެނެއް ނޫން". އަދުރޭ ވިދާޅުވި އެވެ.

މިއަދު ކުރިއަށްދިޔަ މާލޭ މޭޔަރު އިންތިހާބު ބޮޑު ތަފާތަކުން އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފަ އެެވެ.

އާދަމް އިންތިހާބު ކުރެއްވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވަނީ ސަރުކާރުން މޭޔަރަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންްކަން ވެސް ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް