ޓެޓޫ ޖެހުމުގެ ހުކުމް ބަޔާންކޮށް ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ވަނީ މި ހުކުމަށް ވާސިލުވީ އެ މަޖިލީހުގެ މެމްބަރުން ދިރާސާކުރުމަށް ފަހުގައި ކަމަށެވެ.
މިއީ ފަތުވާ މަޖިލީހުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ ބަސްފުޅުތަކާއި ބުއްދީގެ ހަމަތަކުގެ އަލީގައި ކުރި ދިރާސާއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
ޓެޓޫ ޖެހުމުގެ ހުކުމާއި ގުޅޭގޮތުން ފަތުވާ މަޖިލީސް އިން މިއަދު ނެރުނު ބަޔާނުގައިި ވަނީ ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި، ލިޔުންތަކާއި، ދޫންޏާއި، ހަޔަވާނުތަކުގެ ސޫރަ ތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުގެ ނިޝާންތައް
ކުރަހާފައި ބެހެއްޓުމުގެ ޝަރުއީ ހުކުމް އާއްމު ކުރައްވާފަ އެވެ.