ads
ރާއްޖެެއިން އިންޑިއާއަށް ދިޔަ މީހެއްގެ ގައިން ކޮވިޑްގެ އާ ވައްތަރެއް ފެނިއްޖެ
ރާއްޖެއިން އިންޑިއާއަށް ދިޔަ މީހަކު ކޮވިޑުގެ އާ ވޭރިއެންޓް، JN.1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އަވައްޓެރި އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ނިއު އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބަލި ޖެހުނީ އެ ގައުމުގެ 33 އަހަރުގެ އަންހެނަކަށެވެ.

އޭނާއަށް ބަލި ޖެހުނީ މިދިޔަ މަހުގެ 13ވަނަ ދުވަހުކަމަށާއި، މިހާރު ބަލިން ރަނގަޅުވެފައިވާކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ ނޫހުގައި ލިޔެފައިވެ އެވެ.

އޭނާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ހޯލް ޖިނޯމް ސީކުއެންސިން (ޑަަބްލިޔު.ޖީ.އެސް) ހަދަން އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށް ފޮނުވައި މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއެންޓަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.

ކޮވިޑުގެ އާ ވޭރިއަންޓެއް ކަމަށްވާ JN.1 ދުނިޔޭގެ ވަރަށް ގިން ގައުމުތަކަކުން ފެނި، މި ބަލި ފެތުރުމުގެ ފުރުސަތު ރާއްޖޭގައި އޮތުމާއެކު އެޗްޕީއޭއިން މިދިޔަ މަހުވަނީ ސަމާލުވާން އަންގައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް