ads
އެމްޓީސީސީ ޓަވަރ
އެމްޓީސީސީއަށް ބާރު ކުޑަ ކުރުމަށް އެހެން ކުންފުންޏެއް އުފައްދަނީ
އެމްޓީސީސީގެ މަސައްކަތް ތަކަށް ބާރު ކުޑަ ކުރުމަށް އެފަދަ އެހެން ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
Advertisement

ވަޒީރުންގެ މަޖިލިހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، އެމްޓީސީސީގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތް ތަކެއް ފުނިޖެހިފައިވަ ކަމަށެވެ.

އެގޮތުން މިހާރުވެސް 100 އަށް ވުރެ ގިނަ މަޝްރޫއު ހިންގަމުންދާ އެމްޓީސީސީގައި މަސައަކަތް ކުރުމުގެ ގާބިލުކަން ނެތް މިންވަރަށް މަސައްކަތް ތަކުގެ އަދަދު ގިނަވެ ފުނިޖެހުމުގެ ސަބަބުން މަސައްކަތްތައް ލަސްވަމުން ދާ ކަމަށް ނާޒިމް ފާހަގަ ކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން އެމްޓީސީސީގައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފުނިޖެހިފައި. އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައި ވާތީވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް މަޝްވަރާއަކީ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން ކުރިއަށް ގެންދާ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތް ތަކެއް މަޑުޖެހިފައި ހުރި ހުރުމަށް ހައްލެއް ހޯދުމުގެ ގޮތުން އެމްޓީސީސީ ފަދަ އެހެން ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައި ވާ ކަމަށް ނާޒިމް މައުލޫމާތު ދެއްވި އެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނި ތަކަކީ ދައުލަތުން ހަރަދު ކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނި ތަކަކަށް ހެދުމުގެ ގޮތުން އެކަމަށް ހާއްސަ ސިޔާސަތު ތަކެއް އެކަށައެޅުމަށް ވެސް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އާ ކުންފުންޏެއްް އުފެއްދުމުގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ބާރު ސްޕީޑުގައި ކޮށް ނިންމައި ދިނުމެވެ.

ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކުންފުނިތައް ގިންތި ކުރެވޭ އުސޫލުތައް ތިން މަސް ތެރޭގައި މުރާޖައާކޮށް ނިންމުމަށާއި ކުންފުނިތަކުން ގައުމީ އަދި ޕަބްލިކް ކުންފުނިތަކާއި ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަތުމަށް ނިންމައިފި އެވެ.

ދައުލަތުގެ ކުންފުނިތަކަށް ފައިދާވާ ގޮތަކަށް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި، އެއީ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ވެސް ކުރަން ނިންމާފައިވާ ކަމެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް