ads
ސްކޫލް ތަކުގައި ދިވެހި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ނިންމައިފި
ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގްސަދުގައި، ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމުގެ ގައުމީ މަންހަޖުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ރައީީސް އޮފީހުން ބުނެފި އެވެ.

ވަޒީރުންގެ މަޖިލިހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ދިރާސީ އާ އަހަރު ސަރުކާރުގެ ސްކޫލް ތަކުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމުގެ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، މި ނިންމުމުގެ މަގްސަދަކީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާ ތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުން ކަމަށެވެ.

‏"ދިވެހި ގައުމިއްޔަތު ދިރުވަ އާލާ ކުރުމުގެ މަގްސަދުގައި، ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމުގެ ގައުމީ މަންހަޖުގައި ހިމެނުއްވުން،" ނާޒިމް ވިދާޅުވި އެވެ.

ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ގައުމީ މަންހަޖުގައި ހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރައީީސް އޮފީހުގެ މަޝްވަރާގެ ދަށުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް