ads
ބީއެމްއެލުން ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ކޯޑިން ޕްރޮގްރާމެއް - ފޮޓޯ:ބީއެމްއެލް
ކޯޑިންގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ
ކޯޑިން އާއި ފަންނިއްޔާތުގެ ދާއިރާއިން ދިވެހި ޒުވާުނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލިހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރު ތަރައްގީ ކޮށްދިނުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް، ކޯޑިން އަދި ފަންނިއްޔާތުގެ ދާއިރާއިން 500 ޒުވާނުން ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސްޓޭންޑަޑް ތަކަށް ފެތޭ ގޮތަށް، ކޯޑިން އަދި ފަންނިއްޔާތުގެ ދާއިރާއިން 500 ޒުވާނުން ތަމްރީނު ކުރުމަށް، ތަމްރީނު ޕްރޮގްރާމެއް ފެއްޓެވުން،" ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހި ޒުވާނުންނާއި އަންހެނުންގެ ދައުރު މިހާރަށްވުރެ އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން، ގައުމީ ފެންވަރުގައި ހާއްސަ ކެމްޕެއިނެއް ފަށައި ހެކެތޯން ހަރަކާތެއް ހިންގުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް